ބ. އަތޮޅު މިރިއަންދޫގައި ހިންގާ ވެސްޓިން ރިސޯޓަށް ސީޕްލޭން ޖައްސަން އުޅެނިކޮށް މިއަދު ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޓީއެމްއޭގެ ސީޕްލޭނެއް މިރިއަންދޫއަށް މިއަދު ހަވީރު ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ހިނގިއިރު، އެ ބޯޓުގައި އަށް މީހަކު ތިއްބެވެ. އެއީ ދެ ޓޫރިސްޓުންނާއި ރިސޯޓުގެ މުވައްޒަފުންގެ އިތުރުން ކްރޫއިންނެވެ.
ސީޕްލޭން އެކްސިޑެންޓުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑީއޯތަކުން ފެންނަ ގޮތުން ބޯޓުގެ އެއް ކަނދު ބިންދައިގެން ގޮސް، ބޯޓު ދިޔަވާތަން ފެނެއެވެ. އަދި އެ ބޯޓު ކައިރީގައި އެމްއެންޑީއެފްގެ އުޅަނދެއް ހަރަކާތްތެރިވާތަން ވެސް ފެނެއެވެ.
މި ހާދިސާ ހިނައިގެން އުޅޭކަން ފިޔަވައި، އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ