ވެހިކަލް ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ދެން ނުގަނެވޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރާއިރު ގަރާޖެއް ދައްކަން ޖެހޭތީ އޮޅުވާލައިގެން ގަރާޖް ސިޓީ ގަންނަ މައްސަލަ ވަނީ ބޮޑުވެފައެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ރޭ ވިދާޅުވީ ފައިސާ ދީގެން ގަރާޖު ސިޓީ ހޯދާ މައްސަލަ ހައްލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދެން ވެހިކަލް ރަޖިސްޓްރީ ކުރާއިރު ގަރާޖެއް އޮތްތޯ ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ސިޓީ ކައުންސިލުން ވެސް ވަކިން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ, ދެން ފައިސާ ދީގެން ގަރާޖް ސިޓީ ނުހޯދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"މިއަދު ގަރާޖް ސިޓީއެއް ގަންނާކަށް ނުލިބޭނެ. ގަރާޖް ސިޓީ ގަންނަން ލާރި ދޭ މީހާއަށް އެ ލާރިކޮޅު ގެއްލޭނެ. އެއީ ހިނގާ ކަމެއް ކަމަށް ވަންޏާ. އެއީ އަޅުގަނޑުމެން ޗެކްކޮށްފައި އަދި ޓްރާންސްޕޯޓް މިނިސްޓްރީން އެބަ ޗެކް ކުރޭ ގަރާޖެއް އޮތްތޯ. ބަލާފައި އަޅުނޑުމެން ގަރާޖް ސިޓީ މި ދެނީ،" މިއަހަރުގެ ޖެނުއަރީ މަހު މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވަޑައިގެންނެވި އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އޮޅުވާލައިގެން ގަރާޖް ސިޓީ ހޯދައިގެން މާލޭގައި ކާރު ރަޖިސްޓްރީ ކުރުމުން އެއްވެސް ބަޔަކަށް ލިބޭނެ މޮޅެއް ނޯންނާނެ ކަމަށެވެ. އަދި މާލޭގެ ހުރިހާ މަގުތަކެއްގައި ވެހިކަލްތައް ރަޖިސްޓްރީ ކުރުމުން އޭގެ ހުރިހާ ދަތިކަމެއް ކުރިމަތިވާނީ ފަހުން އާންމުންނަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ގަވާއިދާ ހިލާފަށް ގަރާޖެއް ނެތި ކާރުތަކާ އެއްޗެހި މަގުމައްޗަށް ދޫކޮށްލާފައި އެހެން އުޅެން ފެށީމަ މާދަމާ އެކަކަށް ވެސް ނުދުއްވޭނެ މިތަނުގައެއް. އެހެންވީމަ އަޅުގަނޑުމެން އެންމެން ވެގެން މާލެ ހަލާކުކޮށްލަންވީތޯ ނުވަތަ މާލެ ރަނގަޅު ކުރާނީތޯ،" ސަރުކާރުގެ ގިނަ ކުންފުނިތަކެއް ހިންގެވި އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވި ގޮތުގައި މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދެއް ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ސިޓީ ކައުންސިލުން ކަނޑައަޅާނެއެވެ. އެގޮތަށް ކަނޑައަޅާއިރު, ދުއްވޭނެ ވެހިކަލްތަކުގެ އަދަދާއި ވެހިކަލެއް ގިނަވެގެން ބޭނުން ކުރެވޭނެ މުއްދަތު ވެސް ކަނޑައަޅާނެ ކަމަށާއި އަދި އެކަން ކުރާނީ ޕާކިން ޖާގަ ހުރި މިންވަރަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އާންމު ދަތުރުފަތުރުގެ ނިޒާމެއް އެމްޓީސީސީއާ ގުޅިގެން ގާއިމް ކުރުމަށް ސަރުކާރުން އިސްކަން ދޭންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ, ކުރިއަށް އޮތް ދެތިން އަހަރު މާލޭގައި ވެހިކަލްތައް ނުދުއްވޭ ހިސާބަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭއްޗެކޭ މީއްޗެކޭ ކިޔާގެން ތިއުޅެނީ އެމް ޓީ ސީ ސީ އަށް މިމާލޭގަ ޓެކްސީ ކުރެވޭގޮތް ހަދަން ވެގެން ބަލަގަ މިރާއްޖޭގަ ރާއްޖޭގެ އެކިރައްރަށުގެ މީހުންނާ މި މާލެއައް ނިސްބަތްވާ އެތައްހާސް ބަޔަކު އެއީ ޓެކްސީ ކާރު ދުއްވާގެން މާލޭގަ އަނބިދަރިން ގޮވާގެން އައިސް ކިޔަވަދޭން އައިސްތިބި މީހުން ދެންވަކި ވަރަކައް ވަކިއަދަދަކައް ތިކުރަން އުޅޭކަން ކަންކަން ކޮއްނިމޭއިރު މިފުރަމާލޭގަ 4 ފޮރޮޅުލީ އުޅަދެއްވެސް 2 ދެފޮރޮޅުލީ އުޅަދެއްވެސް ދުއްވޭނީ މުއްސަނދި ފޯރާގެން އުޅޭމީހުންނައް މީމިކަންވާނެ ގޮތް ކުރާނެވެސް ގޮތް......
މަހުދީމީއީ ވަރަށް މަޖާކަމެއް ވަގު ގަރާޖް. ހަދާގެން އެއްގަރާޖަށް 100 ކާރު ރަޖިސްޓްރީ ކުރި ވަގުއްނަަށް ހުރިހާމޮޅެއް. ކެރެންޔާ މާލޭގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅާބަލަ. ހަމަ ހުސް ވަގުން މާލޭމީހީ އަށް ހުރިހާ މޮޅެއް މިތަނަށް ނައިސް ވާނެ ކޮއްމެސް ގޮތެެއް ހަދާބަލަ. އެހެން ތަނެއްގަ މިހުރިހާ ފެސިލިޓިއެއް ގާއިމް ކޮެއްބަލަ މި ފެންވަރުގަ މާލޭ މާލޭ ނުކިޔާ. އައްނަ ރިޔާސީ އިންތިހާބަކަށް ކެންޕެއިން ކުރާންވީ ހުރިހާ ރާއްޖެތެރޭ މީހުން ވެގެން. “މާލެ ނޫން ގޮތެ” މި ސުލޯގަންގަ.
މޮހޮނުސިޓީ ދެގުނަ އަގުބޮޑުވީ ތި
އަލިމްދެންރަޖިސްތަރީ ކުރެވޭނީ މޭޔަރަށްލާރިދިނީމަ
ބެއްޔާވެހިކަލްގެ ޑިއުޓީ ނަގަންބޭނުވެ އެކަމަކް ރަޖިސްޓްރީ ނުކުރެވެއޯ މަޖާކަމެއްމީވާ
އިސްމާމިޒާތުގެ ކަންކަން ހުރީ ހޮޅިއަށްވެފައި.
ބަޗީ