ދިވެހިރާއްޖެ އާއި އިންޑިއާ ގުޅިގެން އެކުގައި މަސައްކަތް ކުރަން ތައްޔާރު ކަމަށް ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރުކަން ތިން ވަނަ ދައުރަކަށް ކަށަވަރުކުރެއްވި ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ މިރޭ އެމަނިކުފާނު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޯދީގެ ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދައި، އަނެއްކާވެސް އާ ސަރުކާރެއް އެކުލަވާލަން ވަނީ މޯދީ ވަނީ ތައްޔާރުވެފައެވެ. އިދިކޮޅު ކޮންގްރެސްއާ ވާދަކޮށް، މޯދީގެ ޕީޖޭޕީއާ ގުޅިފައިވާ ކޯލިޝަނަށް އިންތިހާބު ކާމިޔާބު ކުރެވުނީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް ނަތީޖާއަކުންނެވެ.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ހިއްސާވާ ކަންކަމުގައި ކުރިއެރުން ހޯދުމަށާއި ހަމަޖެހުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ތިން ވަނަ ދައުރެއް ކަށަވަރު ކުރެއްވީތީ މޯދީއަށް މަރުހަބާ ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި