މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލެއިން އަނެއްކާވެސް އިތުރު ބިމެއް 210 މިލިއަން ރުފިޔާއަށް ގަނެފި އެވެ.
މިދިޔަ އަހަރު އެމްއެމްއޭއިން ހުޅުމާލޭގެ 43،400 އަކަފޫޓުގެ ބިމެއް 210 މިލިއަން ރުފިޔާއަށް އެޗްޑީސީ އަތުން ގަތުމަށްފަހު މިފަހަރު ވެސް ގަނެފައިވަނީ އެ ބޮޑުމިނުގެ ބިމެކެވެ. އެ ބިން ވެސް ގަނެފައިވަނީ 210 މިލިއަން ރުފިޔާއަށެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން އެޗްޑީސީއަށް ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އެ ބިން އެމްއެމްއޭއަށް މިލްކުވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެމްއެމްއޭއިން ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލެއިން ބިން ގަންނަނީ ދައުލަތުގެ ހަޒާނާ ރައްކާތެރިކޮށް ބެލެހެއްޓުމަށް އިތުރު ބިމެއް ބޭނުންވާތީ އެވެ. އަދި މިހާރު ބޭނުންކުރާ އިމާރާތުގެ ސަބަބުން ސެކިއުރިޓީއަށް ދަތިވާ ކަމަށް އެމްއެމްއޭއިން ކުރިން ބުނެފައިވެ އެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި