މިޔަރު ހަމަލާގައި ޒަހަމްވި، ލާންސް ކޯޕްރަލް މުހައްމަދު ޒައިދާން ލ. ގަމު ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު ހަތަރެއް ޖެހިއިރުއެވެ. ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް އުމުރުން 23 އަހަރުގެ ޒުވާނާ، ނިޔާވީ މިރޭ 8:40 ގައެވެ.
ލ. ގަމު ހޮސްޕިޓަލްގެ ޑިރެކްޓަރު އަބްދުލް ހަންނާން "ހަތާވީސް"އަށް މިރޭ ވިދާޅުވީ މިޔަރު ހަމަލާދީފައި ވަނީ ޒައިދާންގެ ދެ ފަޔަށް ކަމަށާއި އެގޮތުން ފަލަމަސްގަނޑުގައި މިޔަރު ހިފުމުން ފުން ޒަހަމްތަކެއް ހުރި ކަމަށެވެ.
"ދެ ފައިގައި ވެސް މިޔަރު ހިފާފައިވޭ. ވައަތް ފަރާތު ފައި ވަރަށް ބޮޑަށް ޒަހަމްކޮށް، ކަށިގަނޑު ވެސް ބިންދާލާފައިވޭ. އެއްބައި މަދުވެސްމެ،" ހަންނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޒައިދާން ނިޔާވީ އޭނާއަށް ލިބިފައިވާ ޒަހަމްތައް ބޮޑުވުމުގެ ސަބަބުންނެވެ.
"އަޅުގަނޑުމެން ފަރުވާ ދޭން ފަށައިގެން 4 ޖެހިއިރު. އެމެޖެންސީއަށް ގެނައުމާ އެކު، އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި އެމްއެންޑީއެފްގެ ޑޮކްޓަރު ވެސް ވަޑައިގެންނެވި [ޒައިދާންއާ] އެކުގައި. އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމުންނާއި ހުރިހާ ނަރުހުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ސަލާމަތްކުރެވޭތޯ."
އެމްއެންޑީއެފުން ބުނީ ޒައިދާނަށް މިޔަރު ހަމަލާދިނީ ލ. މާވަށް، ކައިރީގައި ތަމްރީނުތަކެއް ހަދަމުންދަނިކޮށެވެ. މި ހަމަލާއާ ގުޅޭ ތަފްސީލުތަކެއް ސިފައިން އަދި ހާމައެއް ނުކުރެއެވެ.
ރ. އުނގޫފާރު، ނިއުލައިފް ޒައިދާނަކީ ވަރަށް މަޑުމަޑުން ހުންނަ ކުއްޖެއް ކަމަށް އުނގޫފާރޫން "ހަތާވީސް"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާއަކީ އެންމެންނާ ވެސް ގުޅޭ އަދި ދީނީ ކަންކަމަށް ފަރުވާތެރިވާ ޒުވާނެއް ކަމަށް އެ ރަށުން ބުންޏެވެ.
ޒައިނާން ސިފައިންގެ ހިދުމަތާ ގުޅުނުތާ ފަސް އަހަރު ވެއްޖެއެވެ.
މުސްލިމުންނަށް ގެއްލުންދޭ އެއްޗެތި ޙިމާޔަތް ކޮށްގެން ނަސޯރާއީންނަށާ ކާފަރުން ހިތްހަމަޖައްސާދޭން ބަލަހައްޓާދީ ގެންގުޅުމަކަށް އިސްލާމްދީން ބާރެއް ބަލައެވެ.
ޢިލްމު ވެރިއެއް ނޫންޒައިދާން ސިފައިންގެ ހަޔާތާ ގުޅުނުތާ 5 އަހަރު.
؟ހިމާޔައް ނުރަންވީ އިންސާނުންތޯ ނުވަތަ ޖަނަވާރުތޯ އިންސާނުން ހިމާޔައްކުރުން މުހިންމުނޫތޯ ވީމާ މިޔަރު މަދުކުރަން ހުއްދަދޭންވީނޫންތޯ
ސަމަދުމިޔަރަކީ މަދުކުރަންޖެހޭ އެއްޗެއް. މިނަށް ވުރެ ގިނަ ވީމަ، މިކަހަލަ ހާދިސާ ހިނގާނެ.
އަހައްމަދު