ރައްޔިތުން މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުން، އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވާ އެބޭފުޅުންނަށް ރުހުން ހޯދަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ މާދަމާ އޮންނަ މަޖިލިސް ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.
މިދިޔަ މަހުގެ 28ވަނަ ދުވަހު ހުވާކުރި 20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެޖެންޑާ މަޖިލިސް އިދާރާ އިން އާއްމު ކޮށްފައިވާއިރު އެ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ނަންބަރެއްގެ ގޮތުގައި އޮތީ 19ވަނަ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރުމާއި ގުޅިގެން އެ ތިން ވަޒީރުންނަށް ރުހުން ހޯދުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެވެ.
ރުހުން ނުލިބުނު ވަޒީރުން:
- ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި
މަޖިލީހުން ރުހުން ނުދެއްވި ނަމަވެސް ރައީސް މުއިއްޒު ވަނީ ހަމަ އެ މަގާމުތަކަށް އަލުން އެ ބޭފުޅުން އައްޔަން ކުރައްވާފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން