ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މެމްބަރުކަން ފަލަސްތީނަށް ލިބުމަކީ ދެމެހެއްޓެނިވި ސުލްޙައަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ޑަބްލިއުއެޗްއޯ އިން އިއްޔެ ބޭއްވި އަހަރީ އާއްމު ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ދޭން ނިންމާފައިވުމަކީ ދިވެހިރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ހުށަހެޅި ގަރާރު ސްޕޮންސާ ކޮށްފައި ވަނީ ރާއްޖެ އިންނެވެ. ރައީސް މުއިއްޒުގެ ޕޯސްޓުގައި ފަލަސްތީނުގެ ފުރިހަމަ ދައުލަތަށް ބައިނަލްއަގުވާމީ ތާއީދު އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށެވެ.
"މި ގަރާރަށް އަޅުގަނޑުމެން ތާއީދުކުރަން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތް ހައްގަށާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާތީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުމުން އެނގިގެން ދަނީ ފަލަސްތީނާއެކު ގިނަ ގައުމުތައް ތިބިކަން ކަމަށާއި އަބަދުވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ރާއްޖޭން ވަކާލާތު ކުރާނެ ކަމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި