މަސްވެރިކަމުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހާފިޒް މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުން 62 އަހަރުގައި ހާފިޒު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައެވެ. އަވަހާރަވިއިރު ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.
ހާފިޒަކީ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ހާއްސަކޮށް އޭނާ އަކީ އެ ދާއިރާގައި ރާއްޖޭގައި ތިއްބެވި މަދު ތަޖުރިބާކާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ 1999 ވަނަ އަހަރުން ފެށިގެން 2004 އަކާ ހަމައަށް ރާއްޖޭގެ މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރުކަން ކުރައްވަވާފައެވެ.
މީގެއިތުރުން އޭނާ ވަނީ ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ތައުލީމީ ދާއިރާގައި ވެސް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އަހުމަދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމުވެސް އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން ކުރައްވަވާފައެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ