މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު އިންތިހާބުކޮށްފިއެވެ.
މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުން ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ.
އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.
ނާޒިމަކީ މަޖިލީހުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ތަޖުރިބާ ހުންނެވި މެމްބަރެކެވެ. އޭނާ ވަނީ 18 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. އޭނާ ވަނީ މަޖިލީހުގެ ބައެއް ކޮމެޓީތަކުގައި މުގައްރިރުކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން