ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި މަޖިލީހުގެ ނައިބަކަށް އަހުމަދު ދީދީގެ ނަން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅައިފިއެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް މިއަދު ހެނދުނު 10:15ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނާޒިލާއި ދީދީގެ ނަން އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒައީދު (ޒިޔައްޓޭ) އެވެ.
ޕީއެންސީން ހުށަހެޅީ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާއި ނައިބަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ނާޒިމެވެ. އަދި ނާޒިމްގެ ނަން މަޖިލީހުގެ ނައިބަކަށް ހުށަހެޅުއްވީ އަބްދުއްރަހީމެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ސިއްރު ވޯޓު ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން