ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި މެސެޖެއް ފޮނުއްވައިފިއެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާތް ވެގެންވާ ދެ ހަރަމްގެ ޚާދިމް، ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ރަސްގެފާނަށް އަވަސް ޝިފާއެއް ދެއްވާ ފުރިހަމަ ސިއްހަތެއް ދެއްވާތޯ ދުއާ ކުރައްވާ ކަމަށެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ފުއްޕާމޭގެ އާލާސްކަންފުޅަކަށް ޖިއްދާގެ އަލްސަލާމް ގަނޑުވަރުގައި އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ.
އުމުރުން 88 އަހަރުފުޅުގެ ސައުދީ ރަސްގެފާނުގެ ފުއްޕާމޭގެ އާލާސްކަންފުޅު ރަނގަޅުވަންދެން އެންޓިބަޔޮޓިކްސް ބޭނުންކޮށްގެން ފަރުވާ ދޭނެ ކަމަށެވެ.
ރަސްގެފާނުގެ ސިއްހީ ހާލުކޮޅުގެ ސަބަބުން ސައުދީގެ ބޮޑުވަޒީރު އަދި ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ވަނީ ފަސް ކުރައްވައިފައެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި