ތިނަދޫ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު އަލްސަން އަހުމަދު ވެސް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއި ކުރައްވައިފިއެވެ.
މިދިޔަ މަހުގެ 21ވަނަ ދުވަހު އޮތް މަޖިލިސް އިންތިހާބުގައި އެންމެ ޒުވާން މެންބަރުގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި އަލްސަން ޕީއެންސީއާ ގުޅިވަޑައިގަތީ މިއަދު މުލީއާގޭގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އަލްސަން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަލްސަންގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި އަށް މެމްބަރަކު މީގެކުރިން ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ. މިއާއެކު، މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 74 އަށް އަރައިފައެވެ.
އަދި ޕީއެންސީއާ ކޯލިޝަން ހަދާފައިވާ އެހެން ޕާޓީތަކުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނާއެކު ސަރުކާރަށް ތާއީދުކުރާ 79 މަޖިލިސް މެންބަރުން ތިއްބަވާނެއެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި