ސިޔާސީ މަގާމުތަކަށާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލު ގެންނަނީ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކުރައްވާ ކަމެއް ކަމަށެވެ.
"އިތުރަށް ހަރުދަނާ ކުރަން، ރަނގަޅު ކުރަން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ބަދަލުތައް ގެންނަމުން ދާނެ،" ހީނާ ވިދާޅުވިއެވެ.
ސަރުކާރުން އިއްޔެ ވަނީ ދިވެހި ލެންގްއޭޖް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު މަގާމުން ސަސްޕެންޑުކޮށްފައެވެ.
މީގެއިތުރުން އިއްޔެ ވަނީ ދެ ކުންފުންޏެއްގެ އިސްވެރިޔަކު ވެސް މަގާމުން ވަކި ކޮށްފައެވެ. އެއީ އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގާއި އެޗްޑީސީގެ ޗެއާމަން އަހްމަދު ޒުހޫރެވެ. އަދި މިފްކޯގެ ސީއީއޯ ޝަމާހު އެ މަގާމުން ވަކި ކުރައްވާ އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފައެވެ.
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ދެދުވަހުންއެއްދުވަހުވަޒީފާއިންވަކިކޮށްވަޒީފާދީހަދަންޖެހެބީބަލަންވާޗަރަށްނުބަލައިވަޒީފާދޭތީއެވެ
އިއްބެ