މިމަހުގެ 28ވަނަ ދުވަހު ހުވާކުރާ 20ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ގެ ނަންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު ވަނީ މުލީއާގޭގައި އަލަށް އިންތިހާބުވެވަޑައިގެންނެވި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ބައްދަލު ކުރައްވަވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ދެ މަގާމަކަށް ނަންފުޅުތަކެއް ހުށަހަޅުއްވައިފައެވެ. އެއީ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް ކަމުގެ މަގާމެވެ. އެގޮތުން މަޖިލީހުގެ ރައީސަކަށް އަދުރޭ އަދި މަޖިލީހުގެ ނާއިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ ނަންފުޅު ހުށަހެޅުއްވިއެވެ.
ނާޒިމަކީ 17ވަނަ ރައްޔިތުން މަޖިލީހުގެ ވެސް ނާއިބު ރައީސްކަން ކުރެއްވި ބޭފުޅާއެވެ.
ވިހިވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އެކަނި މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް އަމިއް ގޮތުން ޕީއެންސީއަށް ސޮއިކުރެއްވި ހަ މެންބަރުންނާއެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު 74 އަށް ވަނީ އަރައިފައެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
ތި ވަރަށް ކަޑަވީ އެއްވެސް މީހަކު އަދުރޭ އަށް ރައީސްކަން ދޭން ވޯޓު ނުދޭތި ކިޔަވައިގެން ތިބި ޤާބިލްް މޯހުން ތިއްބާ ގަބުޅި ކަތީބަކަށް ރައީސްކަން ދޭން ހެޔޮ ނުވާނެ . މުއިއްޒު ތިޔައީ ދެން މާ ބޮޑުވަރު
ކޮއި ކަމަނަ