ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް އިނގިރޭސި ބަހުން ވާހަކަދައްކަވާ ފަހަރުތަކުގައި އެމަނިކުފާނަށް އަމާޒުވާ ފާޑު ކިޔުންތައް ބަލައިގަންނަ ކަމަށާއި އެހެންކަމުން އެކަން އިސްލާހު ކުރުމަށްޓަކައި ކޯޗެއް ނަގައިގެން ވާހަކަދެއްކުން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ބައެއް ބޭރުގެ ޗެނަލްތަކަށް ފައިސަލް އިންޓަވިއު ދެއްވަން ޖެހެއެވެ. ނަމަވެސް ވާހަކަދެއްކުމުގައި ކޮށި ކަމެއް ހުރުމާއި ބައެއް އިނގިރޭސި ބަސްތައް ފައިސަލް ބޭނުން ކުރައްވާ ގޮތުން ބައެއް ފަރާތްތަކުގެ ފާޑު ކިޔުންތައް އެމަނިކުފާނަށް އަމާޒުވެއެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވުމުން ގިނަ ރައްޔިތުން ގަބޫލުކުރާ "ސްޓޭންޑާޑް"ތަކެއް ހުންނަވާކަން އޭނާވެސް ހުދު ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން ފައިސަލް ވިދާޅުވީ އެކަން ރަނގަޅު ކުރުމަށް ޓްރެއިނިންތައް ހައްދަވާނެ ކަމަށެވެ.
"އެބޭފުޅުން އެ ކިޔާ ފާޑުކިޔުންތައް އަޅުގަނޑު އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން. އަޅުގަނޑުގެ ޕަބްލިކް ސްޕީކިން ވެސް އިރާދަ ކުރެއްވިއްޔާ ކޯޗެއް ހަޔާ ކޮށްގެން އެ މަސައްކަތް ކުރަން. އަޅުގަނޑު ކުރިއަށް އޮތްތާގައި އިރާދަކުރެއްވިއްޔާ އެކަން ރަނގަޅު ކުރާނަން، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވި ގޮތުގައި އޭނާ އެ މަގާމުގައި މިއަދު ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ އިތުބާރާ އެކުގައި ކަމަށެވެ. އެއީ މާދުރުގައި ތިބޭ ސިޔާސީ ބަޔަކު އެކުލަވާލާ ކެބިނެޓެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި
ވވވ ރަނގަޅު ހިފަހައްޓާލާ
އައިކޯޗެއް ހޯއްދަވަން ޖެހުނީ ނާގާބިލް ވެގެންތޯ
އަދުރޭ