އަފްޣާނިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 50 މީހުން މަރުވެ، އެތައް ހާސް ގެއެއް ހަލާކުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މޫސުމީ ވިއްސާރައިގެ ސަބަބުން އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. އަދި އެތައް ބައެއްގެ ގެދޮރުތައް ހަކާލުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
ފުލުހުންގެ ތަރުޖަމާނު އަބްދުއްރަހްމާން ބަދްރީ ހޮނިހިރު ދުވަހު ވިދާޅުވީ، ގޯރް ޕްރޮވިންސްގައި 50 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"އެތައް ސަތޭކަ ހެކްޓަރުގެ ދަނޑުބިންތަކާއި އެތައް ބްރިޖާއި އެތައް ހާސް ގަސްތަކެއް ވަނީ ހަލާކުވެފައި،" އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އެތައް ބަޔަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ