އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) އަކީ އިންޑިއާ ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމުގައި މިއަހަރު ރާއްޖެ އަށް އިތުރު 100 ޖާގަ ދިނުމަށް ނިންމައިފިއެވެ.
އިންޑިއާގެ އައިޓެކް ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ އޮންނަތާ އެތައް އަހަރެއް ވެފައިވާއިރު އެގައުމުން އެންމެ ފުރަތަމަ ރާއްޖެ އަށް މި ޕްރޮގްރާމުގައި ބައިވެރިވާން ދީފައި ވަނީ 50 ޖާގައެވެ.
ނަމަވެސް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ކޮންމެ އަހަރަކު ވެސް ބައިވެރިވެވޭނެ މީހުންގެ އަދަދު 200 އަށް ވަނީ އިތުރުކޮށްފައެވެ. މައިގަނޑު އަމާޒަކަށްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުކުރުން މަނާކުރުމުގެ ސަބަބުން މީހުން އައިޓީއީސީގެ ތަމްރީނު ޕްރޮގްރާމްތައް ހުއްޓާލަން ޖެހުނެވެ. ނަމަވެސް އޮންލައިން ކޮށް ކޯސްތަކުގެ ކިޔެވުން ކުރިއަށް ދިޔައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަހަރު އިތުރު 100 ޖާގަ އިތުރުކޮށް އެ އަދަދު ޖުމްލަ 300 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ އަވަށްޓެރި ގައުމުތަކުގައި ކެޕޭސިޓީ ބިލްޑް ކުރުމާއި ހުނަރުތައް ދަސްކޮށްދީ ކުރިއެރުވުމެވެ. 1964 ވަނަ އަހަރު އުފެއްދި އައިޓެކް ގައި 160 އަށް ވުރެ ގިނަ ގައުމުތަކުން ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެކި ޕްރްގާރްމާތަކުގައި ބައިވެރިވެފައެވެ.
		
										
										
		
		
		
														
							
								"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"								
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ