މަރުވެފައި އޮތް މީހެއް ހުޅުމާލެ ސަރަހަރާ ކައިރީގައި ޕާކުކޮށްފައި އޮތް ވެހިކަލަކުން މިއަދު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން ބުނީ ސަހަރާ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ފެނިފައިވާއިރު، މީގެ ދެ ދުވަސްކުރިން ބަނޑޭރިކޮށީގައި ބަޔަކު ނޫޅޭ އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި 30 އަހަރުގެ ދިވެހި އެ ފިރިހެން މީހާގެ ހަށިގަނޑު ފުލުހުންނަށް ފެނުނީ މަރުވެފައި އޮންނަތާ ތިން ދުވަސް ފަހުންނެވެ.
ފުލުހުން ދަނީ މަރުގެ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ