މާބަނޑު އަންހެނަކަށް އާއިލާ ބަޔަކު އަނިޔާ ކުރާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެ ހާދިސާ ތަހުގީގު ކުރަމުން ދަނީ ގުޅުންހުރި އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކަމަށް ޝިފާން ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އެ އަންހެން މީހާ ވަނީ އޭނާގެ ބައްޕަ އާއި ކުޑަ ކޮއްކޮގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް ބުނެ ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ.
ރާއްޖޭގެ މުޖުތަމައުގައި ގެވެށި އަނިޔާގެ މައްސަލަތަކަކީ ވަރަށް ބޮޑުވެފައިވާ މައްސަލަތަކެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ