މިއަހަރުގެ ފުރަތަމަ ތިން މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި މިންވަރަށްވުރެ އިތުރަށް މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖެނުއަރީ މަހު ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 145 މީހެކެވެ. ފެބްރުއަރީ މަހުގެ ތެރޭގައި 116 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު މާޗު މަހު ރިޕޯޓު ކޮށްފައި ވަނީ 119 މީހަކެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޑެންގީ ޖެހިގެން 244 މީހަކު ރިޕޯޓު ކޮށްފައިވެއެވެ.
ޑެންގީހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން 28 ކޭސްއެއް ރިޕޯޓު ކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ މާލެއިންނެވެ. އެއީ 12 ކޭސްއެކެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު މިދިޔަ މާޗު މަހަށް ވުރެ މަދު ކަމަށެވެ. މާޗު މަހު 33،637 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު ރިޕޯޓު ކޮށްފައި ވަނީ 22،739 މީހެކެވެ.
މިދިޔަ މަހަކީ ބޭރަށް ހިންގައިގެން މީހުން ރިޕޯޓު ކޮށްފައިވާ އަދަދު ދަށް މަހެއްކަން ތަފާސް ހިސާބުތަކުން އެނގެއެވެ. މާޗު މަސް ތެރޭގައި 5428 މީހުން ރިޕޯޓު ކުރިއިރު އޭޕްރީލް މަސް ތެރޭގައި ރިޕޯޓު ކޮށްފައި ވަނީ 1552 މީހުންނެވެ.
އުތުރު ބަދަލުކޮށްލާ، ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި
ވެރިކަމާއި ހަވާލުވިއިރު ހަނިމާދޫ އެއާޕޯޓުގެ ނިމިފައި ވަނީ 30 ޕަސެންޓު
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރާ އަޑިއަށް ދަނީ
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު