ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޒަރީރަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރެވެ.
އޭނާގެ ނަން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ،
މީރާގެ ކޮމިޝަނަރަކަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވި ލިސްޓުގެ ކުރީގައި އޮތީ ކުރީގެ ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ ނަމެވެ. ނަމަވެސް ކޮމެޓީން އޭނާއަށް ރުހުން ނުދިނެވެ. އޭނާއަށް ކޮމެޓީން ރުހުން ނުލިބުމުން، ރައީސް ފޮނުއްވެވި ލިސްޓުގެ ދެ ވަނައަށް އޮތް، ޒަރީރުގެ ނަން ކޮމެޓީން ވަނީ ފާސްކޮށް، ތަޅުމަށް ވަނީ ފޮނުވާފައެވެ.
އެހެންކަމުން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހީ ވެސް ޒަރީރުގެ ނަމަށް އެކަންޏެވެ.
މީރާގެ ކޮމިޝަނަރުގެ މަސްއޫލިއްޔަތަކީ މީރާގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހިންގުމެވެ.
މީރާއަކީ ޓެކްސް ގާނޫނޫތައް ތަންފީޒުކުރުމާއި ޓެކްސްއާ ބެހޭ ސިޔާސަތުތައް ހިންގުމެވެ. އަދި ގާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި