ދަރިފުޅު އުފަންވާތާ ދެތިން ދުވަހު ދަރިފުޅު ވަރަށް ގިނަވަގުތު ނިދާފާނެއެވެ. ގާތުން ކިރު ބޯން ހޭލާ ގަޑި ނޫން ގިނަ ވަގުތު ނިދީގައި ހޭދަކުރުމަކީ އާންމު ކަމެކެވެ. އެންމެ ތުއްތުއިރު ވެސް ތިން ގަޑިއިރު ނިދާފާނެއެވެ.

ޅަ އުމުރުގައި ދަރިފުޅު ނިންދަވާއިރު، ސަމާލުކަންދޭންވީ ކަންކަން ފާހަގަކޮށް "ތުއްތު ދަރިފުޅު" ފޮތުގައި ބުނެފައި ވަނީ ދަރިފުޅު ނިންދަވާ އެނދުގެ ގޮދަޑި ހަރު ވާންޖެހޭނެ ކަމަށެވެ. މާ މަޑު ގޮދަޑިއެއް ރައްކައުތެރިއެއް ނުވާނެ ކަމަށާއި އަދި ގައި ދަށަށް ލައްވާ މަޑު ކުޝަން ބޭނުންކުރުން ވެސް ރަނގަޅު ނުވާނެ ކަމަށެވެ.

ވަކި އެނދެއްގައި ނިންދަވަން ބާއްވަން ރަނގަޅުވާނެ. އެ އެނދަކީ މަންމަ އާއި އެއްކޮޓަރިއެއްގައި ހުންނަ އެނދަކަށްވުން ރަނގަޅު

އުއްޑުން ބޭއްވުން

ކުޑަ ދަރިފުޅު މުޅިން ވެސް ނިދަން ބާއްވާނީ ބުރަކަށި އެނދުގައި ޖެހޭ ގޮތަށް އުއްޑުންނެވެ. އަރިއަށް އޮތުމަށް ވުރެ ވެސް ރައްކާތެރީ އުއްޑުން އޮތުމެވެ. ނިދަނަށް ބަންޑުން އޮތުމަކީ ނުރައްކާތެރި ކަމެކެވެ. އަމިއްލައަށް ފުރޮޅެވޭވަރު ވެގެން ފޮރޮޅެން ފެށުމުން، ދަރިފުޅު ނިދީގައި އަރިއަކަށް ނޫނީ ބަންޑުން އޮތަސް އެންމެ ރަނގަޅެވެ.

ވަކި އެނދެއްގައި އޮތުން

މަންމައާ އެއްކޮޓަރިއެއްގައި ވަކި އެނދެއްގައި ނިދަން ބާއްވާށެވެ. އެހެން ކުއްޖެއްގެ އެނދުގައި އެހެން ކުޑަކުއްޖަކާ އެކީ ނިންދަވަން ބޭއްވުން ރައްކާތެރި ނުވެދާނެއެވެ.

އެނދުގައި ތަކެތި ނުބެހެއްޓުން

ދަރިފުޅު ނިދާ އެނދުގައި ބަލީސް، ކަންނެޔޮ، ކުޅޭ ތަކެތި، ދޫވެފައި އޮންނަ ރަޖާ، ސޮފްޓް ޓޯއީސް ނުބަހައްޓާށެވެ. މޫނުގައި އެޅި ނުވަތަ ޖެހި، ނޭވާ ހާސްވެދާނެތީއެވެ.

އެނދުނޫން ތަންތާ ނުބޭއްވުން

ތުއްތު ދަރިފުޅު ނިންދަވާފައި، ސޯފާ، ދުއްވާކޮށި، އުނދޯލި، ގޮނޑި، އަދި ކާރު ސީޓުފަދަ ތަންތަނުގައި ބާއްވަން ރައްކާތެރި ނުވެދާނެއެވެ.

މަންމަގެ ސިއްހަތަށް ސަލާމުވުން

ދަރިފުޅުގެ ސިއްހަތާ ދުޅަހެޔޮކަން މަންމަގެ ދުޅަހެޔޮކާ ވަނީ ގުޅިލާމެހިފައެވެ. މަންމަގެ ކެއުމައި ދިނުމާއި އަރާމުކުރުމާއި ފިކުރުތަކުން ދުރުވަކީ އޭގެ ސަބަބުން ދަރިފުޅުގެ ސިއްހަތަށް ހެޔޮއަސަރުކުރާ ކަންކަމެވެ. މިކަމަށްޓަކައި މަންމަ ދިރިއުޅޭ މާހައުލާއި، އެކުގައި ދިރިއުޅޭ އާއިލާ އާއި ގާތްތިމާގެ މީހުން ސަމާލުވެ، އެހީތެރިކަން ފޯރުކޮށްދީ ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ "ތުއްތު ދަރިފުޅު" ފޮތުން ނަގާފައިވާ މައުލޫމާތުތަކެވެ. އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯއިން ދެމުންދާ "ހަދިޔާ ޕެކް"އާ އެކު މި ފޮތް ލިބޭނެއެވެ. މި ފޮތަށް މައުލޫމާތު ދެއްވާފައި ވަނީ އޭޑީކޭގެ ޑިޕާޓްމަންޓް އޮފް ޕީޑިއޭޓްރިކްސް އެންޑް ނިޔޯނެޓޮލޮޖީގެ ހެޑް، އަދި ޗީފް މެޑިކަލް އޮފިސަލް ޑރ. ނިޔާފެވެ.