އިންޑިއާއިން ރާއްޖެއަށް ދޭ އަސާސީ މުދަލުގެ ކޯޓާ އިތުރު ކޮށްދީފިއެވެ.
އަސާސީ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން އިންޑިއާގައި މަނާކުރާ ހާލަތްތަކުގައި ވެސް އެ ބާވަތްތައް ރާއްޖެއަށް އެކްސްޕޯޓްކުރަން ދެގައުމުގެ ގުޅުމުގެ ތެރެއިން ދީފައި އޮންނަ ހާއްސަ ހުއްދައިގެ ދަށުން ރާއްޖެއަށް ދީފައި އޮންނަ ކޯޓާ އިތުރުކުރަން އިންޑިއާއިން މިއަދު ވަނީ ނިންމައިފައެވެ.
މިއާއެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އެގައުމަށް ޝުކުރު އަދާކޮށް އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ ދެ ގައުމުގެ ޒަމާންވީ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ އިތުރު އެ ގައުމުގެ ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޒަމީރަށް ޖަވާބު ދެއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވެސް އެކްސްގައި ޕޯސްޓެއް ކުރެއްވިއެވެ. އަދި ވިދާޅުވީ އިންޑިއާ އިން އަބަދުވެސް އެގައުމުން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީ އަށް އިސްކަން ދޭނެ ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން