އިންޑިއާގެ ޓޫރިސްޓުން ރާއްޖެ ގެނައުމާއި އެ ގައުމުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އިސްވެރިން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ ބައްދަލު ކުރައްވައިފިއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން މަޓޯޓާ އިން ބުނީ އިންޑިއާގެ އެކި ސިޓީތަކުގައި ރޯޑްޝޯތައް ބޭއްވުމާއި އިންޑިއާގެ މީޑިއާތަކުގެ މީހުން ގެނައުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. މި މަޝްވަރާތައް ކުރެވިފައި މިވަނީ ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމު ކަމަށްވާ އިންޑިއާގެ ފަތުރުވެރިން އަންނަ ނިސްބަތް ވަރަށް ބޮޑަށް މަޑު ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ އިންޑިއާގައި ކެމްޕެއިންތަކެއް ކޮށްފައި ވަނީ ސަރުކާރަށް ނިސްބަތްވާ ބައެއް ޑެޕިއުޓީ މިނިސްޓަރު ސޯޝަލް މީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގުޅުވައި ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ އިންޑިއާ މިވަގުތު އޮތީ އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓުގެ ހަވަނާގައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި