ހަތް ފޭހަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އިންޑިއާގެ، ލޯކް ސަބާގެ އިންތިހާބު މިއަދު ފަށައިފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 968 މިލިއަން މީހަކަށް ލިބިގެންވެ އެވެ. މި އިންތިހާބު އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް ކުރިޔަށް ދާނެއެވެ.
މި އިންތިހާބު ވާނީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ތިން ވަނަ ދައުރެއް ލިބޭނެތޯ ނޫންތޯ ވެސް ކަށަވަރުވާނެ އިންތިހާބަކަށެވެ. ބޮޑުވަޒީރު މޯދީ ވަނީ މިފަހަރުވެސް އިންތިހާބުގެ މެޖޯރިޓީ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.
މެޖޯރިޓީ ލިބޭނީ ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން މަދުވެގެން 272 ގޮނޑި ކާމިޔާބު ކުރެވޭ ބަޔަކަށެވެ.
މި ފަހަރުގެ އިންތިހާބުގައި ބީޖޭޕީ އާއި މޯދީ ބަލިކުރަން އިންޑިއާގެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއް އިންތިހާބަށް ނުކުތީ ގުޅިގެން އެކީގައި މަސައްކަތްކުރާ ގޮތަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ