600 ކްރޯޑް ރުޕީސްގެ ގާތްގަނޑަކަށް 86 ކިލޯގެ މަސްތުވާތަކެތި ހުރި ޕާކިސްތާނުގެ ޝައްކު ކުރެވޭ ބޯޓެއް އިންޑިއާގެ ކޯސްޓްގާޑުން މިއަދު ހުއްޓުވައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެގައުމުގެ ކޯސްޓްގާޑުން ވަނީ އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ސިންޑިކޭޓާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާއެކު ޕާކިސްތާނުގެ ބޯޓުގެ 14 ފަޅުވެރިން ވެސް ވަނީ ހިފަހައްޓާފައެވެ.
"އިންޑިއާގެ ކޯސްޓްގާޑުން ރޭގަނޑު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގި. ޕާކިސްތާނުގެ ބޯޓުން 14 ފަޅުވެރިންނާއެކު 600 ކްރޯޑް ރުޕީސްގެ ގާތްގަނޑަކަށް 86 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި،" ކޯސްޓްގާޑުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ އެޖެންސީން ވަނީ އޮޕަރޭޝަންގެ އެފިޝަންސީ ކަށަވަރު ކުރުމަށް ޓަކައި އުޅަނދުފަހަރާއި މަތިންދާބޯޓުތައް ކޮންކަރަންޓް މިޝަންތަކުގައި ބަހައްޓާފައެވެ. އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި އެންމެ މުހިންމު އެއް އުޅަނދަކީ އެންސީބީ އާއި އޭޓީއެސްގެ އޮފިޝަލުން ތިބި ކޯސްޓްގާޑް ޝިޕް ރާޖްރަތަން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި