މަތީ ތައުލީމަށް ކިޔެވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ރާއްޖެ އަށް ދެމުން ގެންދާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕް ފުރުސަތުގައި ދިވެހި ކިޔަވާ ކުދިންނަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުން އަންޑަ ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އާޓްސް އާއި ސައިންސް އާއި އިންޖިނޭރިންން އާއި ބިޒްނަސް އާއި ޓުއަރިޒަމް އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ދޭނެ އެވެ.
އަދި އިންޑިއާގެ ސަގާފަތުގެ ދާއިރާއިން އުގެނުމުގެ ފުރުސަތަށް ބައިނަލްއަގުވާމީ ގޮތުން 100 ސްކޮލާޝިޕް ސްލޮޓްވެސް ހުޅުވާލެވިފައި ވެއެވެ. އެގެ ތެރޭގައި އިންޑިއާގެ ސަޤާފަތުގެ ތެރެއިން މިއުޒިކާއި ނެށުމާއި ތިއޭޓާ އާއި ޕާފޯމިން އާޓްސް އާއި، ސްކަލްޕްޗާ އާއި އިންޑިއާގެ ބަސްތަކާއި އިންޑިއާގެ ރެސިޕީތައް ހިމެނެ އެވެ.
މީގެއިތުރުން އިންޖިނިއަރިން ދާއިރާ އާއި އެނޫންވެސް އެހެން ބައެއް ދާއިރާތަކުން ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެން ދާނެއެވެ.
މި ސްކޮލާޝިޕްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށް [email protected] އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފު ކުރެވޭނެއެވެ.
ރާއްޖެ-އިންޑިއާ އެފްޓީއޭ: އިގްތިސޯދު އާ އުސްމިނަކަށް
ޕީއެންސީ އިންތިހާބުގެ ހަމަނުޖެހުން: ތިން މީހުން ހައްޔަރުކޮށްފި
ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި