މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑު އަބަދުވެސް އޮންނާނީ މާލެ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވެފައި މިވަނީ ކުޑަގިރި ވިއްކާލަން އުޅޭކަމުގެ ވާހަކަތަކަކާއި އެތަނުގައި ގެސްޓު ހައުސް އެޅުމަށް ނިންމާފައިވާ ކަމަށް ބުނެ "ދިޔަވަރު" އޮންލައިންގައި ރިޕޯޓު ކޮށްފައި ވަނިކޮށެވެ.
ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށެވެ.
"މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާއި ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް ސަރުކާރުން ތަރައްގީ ކުރާނެ،" ހީނާ ވިދާޅުވިއެވެ.
މާލެއިން ފުރައިގެން، ލޯންޗެއްގައި 15 މިނެޓުން ދެވޭ ކުޑަގިރިއަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުގޮސް، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކާ ކުރީ ސަރުކާރުން ތަރައްގީ ކުރި ރަށެކެވެ. މިރަށަކީ 8 ހެކްޓަރުގެ ރަށެކެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް