ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދި ސިޔާސީ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީ ކުރުމާއެކު، އެޕާޓީގެ ފުރަތަމަ ސެނެޓު ބާއްވައިފިއެވެ.
އެޕާޓީގައި އިސްކޮށް އުޅުއްވާ މަލީހް ޖަމާލް އެކްސްގައި ވިދާޅުވީ ޕީއެންއެފްގެ ތާރީހީ ފުރަތަމަ ސެނޭޓް ބައްދަލުން މިއަދު ބާއްވާފައިވާ ކަމަށެވެ.
އަސާސީ ގަވާއިދުގައިވާ 4 ކޮމިޓީއަކަށް ބޭފުޅުން އިންތިޚާބުކުރެވުނު ކަމަށާއި އޭގެތެރޭގައި ސުލޫކީ ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީ އާއި އީސީ އަދި މެމްބަރު އެފްއާޒް ކޮމިޓީ ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"ސެނޭޓްގެ ރުހުމާއި އެކު ރިޔާސަތު ބަލަހައްޓަވާ ދެއްވީ ރައީސް ޔާމީން" މަލީހް ވިދާޅުވިއެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވީ މިމަހުގެ 10ވަނަ ދުވަހު ރާޅުގަނޑު ސަރަހައްދުގައެވެ.
އެ ޖަލްސާގައި 329 ގިނަ މެންބަރުން ބައިވެރިވިއެވެ. ޖަލްސާގެ ހާޒިރީ ބެލީ އިލެކްޝަންސް ކޮމިޝަނުންނެވެ.
އަދި އެ ޖަލްސާގައި ޕީއެންއެފްގެ ވަގުތީ ރައީސަކަށް ޕާޓީގެ މުއައްސިސް އަދި ޔާމީންގެ ދަރިކަލުން ޒެއިން ވަނީ އިންތިހާބު ކުރައްވައިފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު