މިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު މިއަދު ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ބައްޕާފުޅާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވީ ބައްޕާފުޅަކީ އޭނާގެ އެޑްވައިޒަރު ކަމަށެވެ. އަދި ބައްޕާފުޅަކީ އޭނާގެ އެންމެ ބޮޑު ފާޑުކިޔުންތެރިޔާ ކަމަށް ވެސް ވިދާޅުވިއެވެ.
ޝާހިދުގެ ޝަހުސިއްޔަތު ބައްޓަންކުރައްވައި، އޭނާގެ ކެރިއަރަށް އިރުޝާދު ދެއްވައި، އަޅުއްވާ ކޮންމެ ފިޔަވަޅެއްގައިވެސް ނަސޭހަތްދެއްވި ކަމަށް ވިދާޅުވިއެވެ.
ޝާހިދުގެ ބައްޕާފުޅުގެ ކަށުނަމާދު ކުރުން އޮތީ އަސްރު ނަމާދަށް ފަހުއެވެ. އަދި ވަޅުފުޅުލުން އޮތީ ގަލޮޅު ސަހަރާގައެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި