މ .ރަތްމަންދޫ ބޭރުން ޑައިވިން ދޯންޏެއްގައި ފަރުމަސް ބާނަން ދިޔަ ބަޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ތިން މީހުންނާއެކު މަހަށް ނިކުތް އެ ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް އަށް ރިޕޯޓުކުރީ ރޭ 20:00ގައި ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ ދޯނި ހޯދުމަށް އެމްއެންޑީއެފް ސެންޓުރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑް ސުކޮޑްރަން އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ދޯނި ހޯދުމަށް މުލީގައި އޮންނަ ކޯސްޓްގާޑް ހާބަކްރާފްޓް 114 ރޭގެ 23:20 އިން ފެށިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު ވައިގެ މަގުންވެސް އެ ދޯނި ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ދޯނި ހޯދުމަށްޓަކައި "ޔޫއޭވީ" އެ ސަރަހައްދަށް ދިއުމަށް އުދުއްސާލައިފައި،" އެމްއެންޑީއެފް އިން ބުންޏެވެ.
މީގެއިތުރުން ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "މާފަތް" ވެސް ދަނީ އެ ދޯނި ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން