ހދ. ކުޅުދުއްފުށީ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަރަންޓުގެ މައި ކުންފުނި ސްޓެލްކޯގެ ތަޖުރިބާކާރު ޓީމެއް އެ ސިޓީ ގޮސް ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ އެކުންފުނީގެ އިލްމީ، ގާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު މުޅި ސިޓީއަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.
"ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގައުމީ ވާޖިބެއް ކަމުގައި ދެކި ތިޔަ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަހުރުވެރިކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ މަހުގެ 27ގައި އެ ސިޓީ އަށް އިތުރު ޖަނެރޭޓަރެއް ވެސް ފޮނުވިއެވެ. އެކަމަކު އެއިން ވެސް ކަރަންޓުގެ މައްސަލަ ހައްލެއް ނުވިއެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
އާދެން 21 ކައިރި ވާ ވަރަކަށް ވާނެތާ ފައުންޑޭޝަން ވަރުގަދަ ވާނެ
ކަރަންޓް