ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަރަންޓުގެ މައި ކުންފުނި ސްޓެލްކޯގެ ތަޖުރިބާކާރު ޓީމެއް އެރަށަށް ހިނގައްޖެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން އެ ކުންފުނީގެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
"މާތް ރަސްކަލާނގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ހިދުމަތް ޔަގީންކޮށްދެވިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
ހދ. ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ފެނަކައިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަދިވެސް އެރަށުން ކަރަންޓު ކެނޑެމުން އަންނަ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބެއެވެ.
ފެނަކައިން އެންމެ ފަހުން ބުނެފައި ވަނީ ހދ. ކުޅުދުއްފުއްޓަށް ކަރަންޓު ލިބޭނީ މިރޭ އިރުއޮއްސޭއިރު ކަމަށެވެ. މިހާރު އެރަށުން އެއްކޮށްހެން އޮތީ ކަރަންޓު ކެނޑިފައެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް