މޫސުން ގޯސް ވެދާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިރޭ ބުނީ ކ. އަތޮޅުން ފެށިގެން އއ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ މިރޭގެ 21:15 އިން ފެށިގެން 00:30އާ ހަމައަށެވެ.
މެޓުން ބުނީ އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށެވެ.
އިއްޔެ އަކީ ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޯކޮށް ވާރޭ ވެހުނު ދުވަހެކެވެ. އެގޮތުން މާލެ އަށް އިއްޔެ ކުރި ވިއްސާރާގައި މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ވެސް ޖެހުނެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި