މާފަންނު ރަބީއުވިލާގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފިއެވެ.
ރައީސް މުއިއްޒު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ތިބި އެމްއެންޑީއެފް އޮފިޝަލުންނާއި ބައްދަލުކުރައްވާ ހާދިސާއާ ގުޅޭ މައުލޫމާތު އޮޅުން ފިލުއްވައިފައެވެ.
ރޯވެފައި ވަނީ މ. ރަބީއުވިލާ ގޭގެ ހަތަރު ވަނަ ފްލޯގައެވެ. ސޯޝަލް މީޑިއާ އިން ފެންނަ ފޮޓޯތަކުން ފެންނަނީ ވަރަށް ގަދައަށް އެ ގޭގައި އަލިފާން ރޯވެފައިވާ މަންޒަރެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
އެމްއެންޑީއެފް އިން އެންމެ ފަހުން އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން