ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އަށް ފުލުހުން އައިސް ހުރަސް އެޅުމަކީ ހުދުމުހުތާރު ވެރިކަމެއްގެ ފެށުން ކަމަށް އެޕާޓީގެ މުއައްސިސް އަދި ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
އެހެންކަމުން އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން އެޓެންޑް ކުރަމުންދާ ކަމަށެވެ.
ގިޔާސުއްދީން ސްކޫލު ދޮރުމަތީގައި ހުންނަވާ "ޗެނަލް13" އަށް ދެއްވި އިންޓަވިއުއެއްގައި ޒެއިން ވިދާޅުވީ "ފެނިގެން މިދަނީ ހުދުމުހުތާރު ވެރިކަމެއްގެ ފެށުން" ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުން ޒެއިން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފައި ވަނީ ރައްޔިތުންގެ ތާއީދު އޮވެގެން ނޫން ކަމަށެވެ.
ގިޔާސުއްދީން ސްކޫލަކީ އަމިއްލަ ފަރާތަކުން ހިންގާ ތަނެކެވެ. ފުލުހުން އެފަދައިން ބުނި ނަމަވެސް އެ ޖަލްސާ ބޭއްވުމަށް އެ ސްކޫލުގެ މެނޭޖުމަންޓުން ޕީއެންއެފް އަށް ހުއްދަ ދިން ކަމުގެ ލިޔުމެއްވާ ކަމަށް އެޕާޓީން ބުނެއެވެ.
ފުލުހުން ބުނަނީ ގިޔާސުއްދީނުން ޕީއެންއެފް އަށް ދިން ހުއްދަ ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން ދިޔައީ ހުއްދަ ބާތިލް ކޮށްފައި ވަނިކޮށް ކަމަށާއި އެ ސްކޫލުގެ މެނޭޖުމަންޓުން ވެސް ސްކޫލު ރައްކާތެރިކޮށްދޭން އެޑިއުކޭޝަނުގައި އެދިފައިވާ ކަމަށެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު