ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ އަށް ފުލުހުން ހުރަސް އަޅައިފިއެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
އެހެންކަމުން އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން އެޓެންޑް ކުރަމުންދާ ކަމަށެވެ.
ގިޔާސުއްދީން ސްކޫލަކީ އަމިއްލަ ފަރާތަކުން ހިންގާ ތަނެކެވެ. ފުލުހުން އެފަދައިން ބުނި ނަމަވެސް އެ ޖަލްސާ ބޭއްވުމަށް އެ ސްކޫލުގެ މެނޭޖުމަންޓުން ޕީއެންއެފް އަށް ހުއްދަ ދިން ކަމުގެ ލިޔުމެއްވާ ކަމަށް އެޕާޓީން ބުނެއެވެ.
ފުލުހުން ބުނަނީ ގިޔާސުއްދީނުން ޕީއެންއެފް އަށް ދިން ހުއްދަ ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން ދިޔައީ ހުއްދަ ބާތިލް ކޮށްފައި ވަނިކޮށް ކަމަށާއި އެ ސްކޫލުގެ މެނޭޖުމަންޓުން ވެސް ސްކޫލު ރައްކާތެރިކޮށްދޭން އެޑިއުކޭޝަނުގައި އެދިފައިވާ ކަމަށެވެ.
އެމްޕީއެލް އިން މުދާ ހުސްކުރާ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށްފި
ކޯރަމް ހަމަނުވެ، މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
މިދިޔަ މަހުވެސް ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ
މާލޭގެ ގެއަކުން 127 އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށް
ބަންގާޅުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި
ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް ހުޅުވާލައިފި