ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދަވާ، "ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)" އުފެއްދުމަށް ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުއްދަ ދީފައި ވާތީ މާދަމާ ރޭ ބާއްވަން އުޅުނު އެޕާޓީ އުފެއްދުމުގެ ޖަލްސާ ފަސްކޮށްފިއެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެކްސްގައި މިރޭ ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ އެޕާޓީ އުފެއްދުމުގެ ޖަލްސާ ފަސް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޖަލްސާ ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ޔާމީންގެ ދަރިކަލުން މއ.ކާމިނީހުޅަގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށެވެ.
ޕީއެންއެފް އިން ޖަލްސާ ފަސްކުރިއިރު އެޕާޓީ އުފެއްދުމުގެ ޖަލްސާގައި ޔާމީން ބައިވެރިވާނެ ކަމަށް އެޕާޓީން ކުރިން ވަނީ ބުނެފައެވެ.
ޔާމީންގެ ވަކީލުން ވަނީ އެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ދެއްވުމަށް އެދި ސިޓީއަކުން ދަންނަވައިފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބުގައި އެ އިދާރާގެ އުސޫލުތަކުން އެކަމަށް ޖާގަ ނުދޭތީ އެ ޖަލްސާގައި ޔާމީނަށް ބައިވެރިނުވެވޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ އަންގައިފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު