އިސްރާއީލުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ދިޔަ ވޯލްޑް ސެންޓްރަލް ކިޗަން ކޮންވޯއީއަށް ދިން ހަމަލާ ދިވެހިރާއްޖޭން ކުށްވެރި ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އިޒްރޭލުން ވޯލްޑް ސެންޓްރަލް ކިޗަން ކޮންވޯއީއަށް ދިން ވައިގެ ހަމަލާގައި އެކި ގައުމުތަކުގެ އެހީ ދޭ ހަތް މަސައްކަތްތެރިން ގެއްލުނު ހިތާމަވެރި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖޭން ބުނީ އެހީދޭ ފަރާތްތަކަށް އަމާޒުކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށާއި އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.
ގާޒާ އަށް ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށާއި، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުގައި މަސައްކަތްކުރާ އިންސާނީ ހިދުމަތްތެރިންގެ ރައްކާތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ބައިނަލްއަގުވާމީ މުޖުތަމައު އިން ނިންމަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން