ރޭ ފުވައްމުލަކުގައި ސައިކަލެއް ކޮންޓްރޯލްނުވެ އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން ބުނީ ފުވައްމުލަކު ސިޓީގައި ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓް ލިބުނީ ރޭ 23:34 އެހާކަންހާއިރު ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ.
ފުލުހުން ބުނީ އެމީހާގެ ހާލު ސީރިއަސް ކަމަށާއި އެހެންކަމުން ރޭ ފަތިހު އިތުރު ފަރުވާ އަށް މާލެ ފުރުވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ 32 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ