މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުނުވި މީހާ ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި އެވެ.
ސެޕްޓެމްބަރު، 2017 ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި އދ. މާމިގިލީ ސޭޑީގްރޯވް އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން އޮތީ ނިިންމައިފަ އެވެ.
އެގޮތަށް ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުންހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ނިމެންދެން އޭނާ ބަންދުކުރަން އެދުނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ނިންމި ނިންމުމުގައިވަނީ ސައްމާހުގެ ފަރާތުން މުޖްތަމައުއަށް އިތުރު ނުރައްކަލެއް އޮތް ސަބަބެއް ބުނެދެވިފައިނުވާ ކަމަށާއި އަދި އޭނާގެ ކުށުގެ އިތުރު ރެކޯޑެއް ނެތުމުގެ އިތުރުން އޭނާއަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ކަމަށް މީހެއްގެ ކަމަށެވެ. އަދި ކުރިން އޭނާ ބަންދުން ދޫވެފައި ހުރި ދުވަސްތަކުގައި ވެސް އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައި ނެތުމުން އޭނާ ބަންދު ކުރަން އަމުރު ނުކުރެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވެ އެވެ.
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން
އިންޑިއާގެ 50 މިލިއަން ޑޮލަރު ދައްކައިފި