އެމްޑީޕީ އާއި އެޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ހަދަމުން ދަނީ ހުސް ބުހުތާނު ދޮގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ހުޅަނގު ދާއިރާ އަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕެއިން ހަރަކާތެއްގައި މިރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ދާދިފަހަކުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވައިފައެވެ.
ދާދިފަހުން ބޭއްވި މަޖިލިސް ކެމްޕެއިން ހަރަކާތެއްގައި ރައީސް އިބޫ ވަނީ އެމަނިކުފާނު ވެރިކަމުގައި ދިން ފްލެޓާއި ގޯތިތައް މި ސަރުކާރަށް ބަހާ ނުލެވި އުޅެނީ، އެމްޑީޕީގެ އަތުގައި މެޖޯރިޓީ އޮތުމުން ކަމަށެވެ.
"ލިސްޓު އޮޅާނުލެވިގެން އުޅެނީ މިއަދު ވެސް އަޅުގަނޑުމެންގެ ހަނި މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ. އެހެން ނޫން ނަމަ އެ ބޭފުޅުން އެ ވިދާޅުވާ ލިސްޓަށް ބޭނުންވާ ބަޔަކަށް އެ ގޯތިތަކާ ފްލެޓުތައް ބަހާ ނިންމާލާނެ،"
އިބޫގެ ވާހަކައަށް ރައްދު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ވާހަކަފުޅު ދައްކަވާއިރު ކޮންމެ ބޭފުޅަކު ވެސް ވާހަކަދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށެވެ.
އަދި ވިދާޅުވީ ފަސް އަހަރު ދުވަސް ވަންދެން ވެރިކަން ކުރަން ލިބުމަކީ ހިތުހުރި ގޮތަކަށް ދޮގު ހަދަން ލިބޭ ލައިސަންސެއް ނޫން ކަމަށެވެ.
"އޮޅުވާލެވިދާނެ. ދޮގު ހެދިދާނެ. އެކަމަކު އޮޅުވާނުލެވޭނެ ފަރާތެއްވާކަން އަބަދުވެސް ވާކަން ހަނދާން ކުރަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
މިއަދުވެސް ރައީސް ވަނީ އެއްވެސް މީހަކަށް ދީފައިވާ ގޯއްޗެއް އަދި ފްލެޓެއް އަތު ނުލާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ކުރޯ ސަރުކާރުން ހިއްކަން ނިންމި ވަރަށްވުރެ އިތުރަށް ގިރާވަރުފަޅާ ގުޅީފަޅު ވެސްް ހިއްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ ފްލެޓްތައް ވަކި ބަޔަކަށް ދޭން ވެގެން ކުރާ ލަހެއް ނޯންނާނެ. އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން" ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ