ރައްޔިތުންނަށް އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރައީސް އިބޫ މިފަދައިން ވިދާޅުވެފައި މިވަނީ އާރްޑީސީގެ ހިޔާނާތުގެ ތަހުގީގާ ގުޅުންހުރި މައްސަލައަކާއި ގުޅިގެން ފައްޔާޒާ ސުވާލު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އެމަނިކުފާނު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ފުލުހަށް ހާޒިރުވާން އަންގާފައި ވާތީ އެކަމާއި ގުޅިގެންވެ.
އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ އެއްވެސް އަސާސެއް ނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އިޔާދަވެގެން ދަނީ ކުރީގައި ވެސް ދިވެހިން ދުށް އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ އެކިއެކި ފަރާތްތައް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބައެއް ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގާ ޝަރީއަތްތައްކޮށް ޖަލަށްލި މައްސަލައެވެ.
"އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ،" ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވި އިބޫ ވިދާޅުވިއެވެ.
އާރްޑީސީގެ ހިޔާނާތާ ގުޅޭ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިއަދު ވިދާޅުވީ އެ ތަހުގީގަކީ އޭސީސީއާ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ފައްޔާޒާ ސުވާލު ކުރަން މާދަމާ މެންދުރު ފަހު 3:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
ފުލުހުން ދާދިފަހުން ބުނީ އާރްޑީސީގެ ހިޔާނާތުގައި ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެ މައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވޭ ކަމަށެވެ.
އެގޮތުން އެ މީހުންގެ އަމިއްލަ އެކައުންޓަށް 14 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށްވެއެވެ.
އޭރު ފުލުހުން ބުނީ އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން، އޭރުގެ ސަރުކާރުގައި ބައިވެރިވުން އޮތް އިސްވެރިންތަކެއްގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ ކަމަށެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު