ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން އުފެއްދި ހައުސިން ކޮމެޓީގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސެވި ނޢޢވ އަނީސާ އަހްމަދު، އެކޮމެޓީން އިސްތިއުފާ ދެއްވައިފިއެވެ.
އަނީސާ މިއަދު ވިދާޅުވީ އެ ކޮމެޓީން އޭނާ އިސްތިއުފާ ދެެއްވީ ސިއްހީ ސަބަބުތަކާ ހުރެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކޮމެޓީއަށް ދޭންޖެހޭ ވަގުތު ވެސް ނުދެއްވޭ ކަމަށް އަނީސާ ވިދާޅުވިއެވެ. މިހާތަނަށް އެ ކޮމެޓީ އެކުލަވާލި ފަހުން އޭނާ އަށް ބައިވެރިވެވަޑައިގަނެވުނީ އެންމެ ބައްދަލުވުމެއްގައި ކަމަށް ވެސް އަނީސާ ވިދާޅުވިއެވެ.
އެ ކޮމެޓީ އެކުލަވާލާފައި ވަނީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.
ކޮމެޓީގައި ހިމެނޭ އެހެން މެންބަރުން:
- އާމިނަތު އީނާސް
- އަބްދުލްއަޒީޒް ޔޫސުފް
- މަރިޔަމް ފިޒާނާ ރަޝީދު
- އަހްމަދު އަލީ މަނިކު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް