ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވިނަމަވެސް، ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލައި ސިޓީ ކައުންސިލަކަށް ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ރަށު ކައުންސިލަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި ބިލު، ލާމަރުކަޒީ ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން 41 މެމްބަރުންގެ އަގުލަބިއްޔަތުން އެ ބިލު އޮތީ މަޖިލީހުން ފާސްކޮށްފައެވެ.
ސިޓީގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ނަމަވެސް، އެ ރަށުގެ ކައުންސިލް އެއީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދަރަޖަ ނުކުރެވޭ ކަމަށް މާނަކުރެވޭނެ ކަމުގެ ފުރުސަތު މިހާރު ގާނޫނު އޮތް ގޮތުން އެބަ އޮތެވެ.
ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބުމުން، އެ ރަށުގެ ކައުންސިލް ސިޓީ ކައުންސިލުގެ ދަރަޖައަށް ބަދަލުވާނެ ކަމަށެވެ. އެގޮތުން އެ ރަށުގެ ކައުންސިލް މެމްބަރުން ސިޓީ ކައުންސިލުގައި ތިއްބަވާ މޭޔަރާއި ސިޓީ ކައުންސިލް މެމްބަރުންގެ އެއްހަމައަކުން ގިންތިކުރެވިގެންދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު، ސިޓީއަކުން ލިބިދޭންޖެހޭ ކަމަށް އެ ގާނުނުގައި ބަޔާންކުރާ އެންމެހައި ހިދުމަތްތައް ގދ. ތިނަދޫ ކައުންސިލުން ދިނުން ގާނޫނީ ގޮތުން ލާޒިމުވާނެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު