ރޯދަމަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އޮފީހުގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފި އެވެ.
ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މޮބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން ރޯދަމަހު އެ އޮފީހުގެ މުވައްޒަފުންބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކުރީ ބައްދަލުވުންތަކުގައި ދެއްކެވޭ ވާހަކަތަކާއި ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ހޯދުމަށް ކަމަށެވެ. އެއީ އާންމުންނަށް ލަގްޒަރީ ފެންވަރުގެ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ޝަމީމް ލިޔުއްވާފައިވާ ގޮތުން މޮބައިލް ފޯނު ގެންގުޅުން މަނާކުރުމުން، ދެން އެކި ފަރާތްތަކަށް ގުޅަން ބޭނުން ކުރަން ޖެހޭނީ އޮފީހުގެ ރަސްމީ ލޭންޑް ލައިން ފޯނެވެ. އަދި އިންޓަނެޓްގެ ހިދުމަތްތައް ހޯދުމަށް ވެސް ލެޕްޓޮޕް ފަދަ ވަސީލަތްތައް ބޭނުން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރޯދަމަހު ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާއިރު ޓައީ އަޅަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ. ޓައީ އަޅަންޖެހެނީ ކޯޓަށް ހާޒިރުވާންޖެހޭ މުވައްޒަފުން އެކަންޏެވެ.
މިދިޔަ އަހަރުގެ ރޯދަމަހު ޕީޖީ އޮފީހުން ހަމަޖެއްސީ ހަފުތާއެއްގެ ހަތަރު ދުވަހު މަސައްކަތަށް ނުކުންނަ ގޮތަށެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ