ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިމޭއިރު ބަލި މީހުންނަށް ސްޓްރެޗާ އެރުވޭ ލިފްޓު ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދޭ "ރައީސް ޖަވާބު" ޕްރޮގްރާމުގައި ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ލަބީބުގެ ސުވާލަކަށްވީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯއެވެ.
"މިހާރު ހަރު ކުރަމުންދާ [ހިޔާ ފްލެޓުގައި] ލިފްޓުތައް ހަރު ކުރާއިރުގައި، ސްޓްރެޗާ އެރުވޭ ލިފްޓުވެސް އޭގައި ހިމެނޭނެ،" ލަބީބްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރު ކުރުން ނިމޭއިރު ލަބީބު ފާހަގަކުރި މައްސަލަ އަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލޓޑ އަށެވެ. މިއަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި