މާލޭގެ މަގުތަކުން އިއްޔެ އެކަނި ވެސް 19 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ރޭ ބުނީ މާލޭ މަގުމަތިން އިއްޔެ އަދި އިއްޔެ ރޭ 1.5 ޓަނުގެ 10 ޕިކަޕު 350 ކިލޯގެ 11 ޕިކަޕުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި އެއީ ޖުމްލަ 19 ޓަނުގެ ކުނި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ވޭތުވެދިޔަ 20އަށް ދުވަސް ތެރޭގައި 400 ޓަނަށްވުރެ ގިނަ ޓަނުގެ ކުނި މާލޭގެ އެކި މަގުތަކުން ނަގައިފައެވެ. މާލޭގެ މަގުތަކުގައި މިހާ ގިނަ އަދަދަކަށް ކުނި ގިނަވެފައި މިވަނީ ރޯދައަށް ގެތަށް ސާފު ކުރުމުންނެވެ.
މާލެ ސަރަހައްދުގައި ކުނި އެޅުމަށް ވަކި ތަނެއް ގާއިމް ކޮށްފައިވާއިރު އާއްމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ކައުންސިލުން ހުށަހެޅުމުން ކުނި އެޅި މީހަކު ފުލުހުންނަަށް ޖޫރިމަނާ ކުރެވޭނެއެވެ.
އެގޮތުން ސިޓީ ކައުންސިލުން މީގެކުރިން ބުނީ މާލޭގެ މަގުތަކަށް ކުނި އަޅައިގެން 100 މީހަކު ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށެވެ.
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ
ފެބްރުއަރީ 1ވަނަ ދުވަހު އެކަނިވެސް 10،000އަށްވުރެ ގިނަ ފަތުރުވެރިން
އިންޑިއާގެ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަނީ
ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކަން ފަށައިފި
3 އިންތިހާބާއެކު މުޅި ދައުލަތް އޮންނަނީ "އިންތިހާބީ ހުމެއްގައި"