ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފިޔާގެ އަގަށް އަނެއްކާ ވެސް އެސްޓީއޯ އިން ތިރިކޮށްފިއެވެ.
މީގެކުރިން ފިޔާ ކިލޯއެއް އެސްޓީއޯ އިން ވިއްކަމުން ދިޔައީ 20 ރުފިޔާ އަށެވެ. ނަމަވެސް މިހާރު އެ އަގު ވަނީ 17 ރުފިޔާ އަށް ތިރިކޮށްފައެވެ. ފިޔާ ބަސްތާއެއް ކުރިން ވިއްކަމުން ދިޔައީ 450 ރުފިޔާއަށެވެ. މިހާރު އެ އަގު 320 އަށް ވަނީ ތިރިކޮށްފައެވެ.
އެސްޓީއޯ އިން ބުނީ ފަސް ބަސްތާ ފިޔާ ގަންނަ ނަމަ ބަސްތާއެއް މީގެކުރިން 400 އަށް ދެމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު 10 ބަސްތާ ފިޔާ ގަންނަ ނަމަ ފިޔާ ބަސްތާއެއް 310 ރުފިޔާ އަށް ލިބޭނެއެވެ. އަދި 20 ބަސްތާ ގަންނަ ފަރާތްތަކަށް ބަސްތާއެއް 300 ރުފިޔާ އަށެވެ.
މިދިޔަ އަހަރު ބާޒާރުގައި ފިޔަލުގެ އަގު ވަރަށް ބޮޑުވެގެން ދިޔައެވެ. އެ ދަނޑިވަޅުގައި ވެސް އެސްޓީއޯ އިން ބެލީ ރައްޔިތުންނަށް ހެޔޮ އަގުގައި ފިޔާ ވިއްކޭނެ ގޮތަކަށެވެ. އެގޮތުން އެކުންފުނިން 4500 ބަސްތާ ފިޔާ އެ ދަނޑިވަޅު ބާޒާރަށް އެތެރެކޮށް ވިއްކަމުން ދިޔައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން