މެމްބަރުންގެ އަދަދު ގުނާގޮތާ ބެހޭގޮތުންމަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލާގެ ހުކުމް ބުރަާސްފަތި ދުވަހު އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑި ނުހިމަނާ ގުނާ ގޮތަށެވެ. އެ ބަދަލާ އެކު، ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ބައެއް ގޮނޑިތައް ހުސްވެފައި އޮތުމުންނެވެ.
އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ނިންމާލާފައިވާއިރު ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ބުރަާސްފަތި ދުވަހު އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން އެ އިސްލާހަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް މަޖިލީހުން ނިންމީ އެ އަމުރަށް އަމަލު ނުކުރުމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ